ޕާކިސްތާން ގެ މަޝްހޫރު އެކްޓަރު، ފަވާދު ޚާން އަނެއްކާ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނީ ވަރަށް އަވަހަށް އެ ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ފަށަން ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް މި ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ.
ފިލްމުގެ ނަމާއި އެ އުފައްދާ ޕްރޮޑަކްޝަން ހައުސް އާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް ހާމައެއް ނުކުުރެ އެވެ. އަދި ފިލްމްގެ ކާސްޓާއި ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ.
ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ ސޯނަމް ކަޕޫރްގެ 2014 ގެ"ޚޫބުސޫރަތު" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" އާއި އެ އަހަރުގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
ކޮމެންޓު ފޮނުވާ