އިނގިރޭސިވިލާތުގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި އެގައުމުގެ އިންތިޚާބީ ބޮޑުވަޒީރު ކެއިރު ސްމާޓަރއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސްމާރޓާރގެ ލީޑަރޝިޕްގައި އިނގިރޭސިވިލާތަށް އިތުރު ކުރިއެރުމާއި ފާހަގަތިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ދިވެހި ރައްޔިތުންގެ ނަމުގައި އޭނާއަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި ސްމާރޓާރ ލީޑަރޝިޕްގައި ދެގައުމުގެ ގުޅުން ބަދަހި ކުރެވޭނަކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ ބައިނަލްއަގިވާމީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެގައުމަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމުގައެވެ.
Congratulations to Prime Minister-elect @Keir_Starmer and @UKLabour on their resounding victory! I am confident that under your able leadership, the #UK will see a new dawning of prosperity. The Government and the people of #Maldives extend our best wishes and look forward to…
— Dr Mohamed Muizzu (@MMuizzu) July 5, 2024
14 އަހަރު އިނގިރޭސިވިލާތުގައި ވެރިކަން ކުރުމަށްފަހު އެގައުމުގެ ވެރިކަންކުރަމުންދާ ކޮންޒަވޭޓިވް ޕާޓީއަށް ނިމިދިޔަ އާންމު އިންތިޚާބުގައިވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެގައުމުގެ ލާބަރ ޕާޓީއެވެ.
އަދިވެސް އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، 650 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުން، ލޭބަރ ޕާޓީންވަނީ 410 ގޮނޑި ކާމިޔާބު ކޮށްފައެވެ. 2019 ވަނަ އަހަރު ބޭއްވުނު އާންމު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ކާމިޔާބު ކުރެވުނީ 200 ގޮނޑިއެވެ. މިހާރު ވެރިކަން ކުރަމުންދާ ކޮންޒަރވޭޓިވް ޕާޓީއަށް މިއިންތިޚާބުގައި ކާމިޔާބު ކުރެވުނީ އެންމެ 119 ގޮނޑިއެވެ. 2019 ގެ އާންމު އިންތިޚާބުގައި އެ ޕާޓީން 367 ގޮނޑި ކާމިޔާބު ކުރިއެވެ. އެންމެ ގިނަވެގެންވެސް ކޮންޒަވޭޓިވް ޕާޓީއަށް ނެގޭނެކަަމށް ލަފާ ކުރެވެނީ 131 ގޮނޑިއެވެ. އަދި ލިބަރަލް ޑިމޮކްޓިކް ޕާޓީއަށް 71 ގޮނޑި ކާމިޔާބު ކުރިއިރު 2019ގެ އިންތިޚާބުގައި އެޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 8 ގޮނޑިއެވެ. މިއިންތިޚާބުގައު އެސްއެންޕީއަށް 8 ގޮނޑި އަދި އެސްއެފްއަށް (ސްކޮޓިޝް ނޭޝަނަލް ޕާޓީ)އިން ވަނީ 9 ގޮނޑި ލިބިފައެވެ. އަދި ރީފޯމް ޔޫކޭ ޕާޓީން ވަނީ 7 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެހެން ކެނޑިޑޭޓުންނަށް 27 ގޮނޑި ލިބިފައިވާއިރު، ނަތީޖާ އިއުލާން ނުކުރެވޭ 13 ގޮނޑި އަދި އެބަހުއްޓެވެ.
މި ނަތީޖާއަށް ބަލާއިރު އިނގިރޭސި ސިޔާސީ މަސްރަހަށް އައި މި ބޮޑު ބަދަލާއެކު، އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ދެން ނުފޫޒު ގަދަވާނީ ވާތުފިޔައިގެ މެދުމިނަށް ތާއީތުކުރާ މެމްބަރުންގެއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ބޮޑު ވަޒީރުކަމަށް ދެން ވަޑައިގަންނަވާ ކެއިރު ސްމާރޓާރ ވިދާޅުވީ އިނގިރޭސި ވިލާތަށް، ރައްޔިތުން އެދޭ ބޮޑު ބަދަލު މިހާރު އަންނަން ފަށާފައިވާ ކަމުގައެވެ. އަދި މުޅި ގައުމުން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށާއި، ސިއްހީ ދާއިރާއަށާއި އިގްތުސާދީގޮތުންވެސް ބޮޑު ބަދަލެއް ގެންނަވާނެކަމަށް އޭޑނާވަނީ ވައުދުވެވަޑައިގެންފައެވެ. "ކްލައިމެޓް ޖަސްޓިސް" ގެންނާނެކަމަށްވެސް އޭނާވަނީ ވައުދުވެވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ 14 އަހަރުވީ ވެރިކަމަށްފަހު، އެޕާޓީ ބަލިކޮށް އާންމު އިންތިޚާބު ލޭބަރ ޕާޓީން ކާމިޔާބު ކުރުމާއެކު، ދެން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކެއިރު ސްމާރޓާރއެވެ.
އަދި މިހާރުގެ ބޮޑުވަނީ ރިޝީ ސުނަކް ވަނީ ބަލި ގަބޫކު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން "ބަސް އިއްވައިފި" ކަމުގައެވެ. އިންތިޚާބުގެ ބޮޑު ނާކާމިޔާބާއެކު ކޮންޒަރވޭޓިވް ޕާޓީގެ ގިނަ އިސް ބޭފުޅުންނަށްވެސް ވަނީ މަޖިލިހުގެ ގޮނޑިތައް ގެއްލިފައެވެ.
އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސްއާއި، ޑިފެންސް ސެކެޓްރޫ ގްރާންޓް ޝަޕްސްއާއި، ޖެކޯބް ރީސް މޮގް އަދި ޕެނީ މޯޑައުންޓް ހިމެނެއެވެ. އެހެންނަމަވެސް ބޮޑުވަޒީރު ރިޝީ ސުނަލްވަނީ އޭނާގެ ގޮނޑި ކާމިޔާވު ކުރައްވާފައެވެ. ހަމައެއާކު ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ދާއިރާވެސް މިފަހަރު ލޭބަރ ޕާޓީންވަނީ ކާމިޔާބު ކޮށްފައެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ނަތީޖާ އަދިވެސް އިއުލާން ކުރަމުންދާއިރު އެގައުމުގެ އާ ހައުސް އޮފް ކޮމަންސްއަށް ރެކޯޑް އަދަދަކަށް އަންހެން މެމްބަރުން ވަނީ އިންތިޚާބު ވެފައެވެ. ފާއިތުވި ބައެއް އިންތިހާބުތަކުގައި އިނގިރޭސިވިލާތުގެ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު މިއަހަރު މިހާތަނަށް 242 އަންހެން މެމްބަރުން ވަނީ މަޖިލީހަށް އިންތިހާބުވެފަ އެވެ.
އެގިތުން މިހާތަނަށް މި އިންތިޚާބުގައިވަނީ 242 އަންހެން މެމްބަރުންވަނި އިނގިރޭސި ގާނޫނުހަދާ މަޖިލީހަށް އިންތިޚާބު ވެފައެވެ. މީގެ ކުރިން 2019 ވަނަ އަހަރު ގާނޫހަދާ މަޖީލީހަށް އިންތިޚާބުވެފައިވަނީ 220 އަންހެން މެމްބަރުންނެވެ. އޭގެ ކުރިން 2017 ވަނަ އަހަރު 207 އަދި 2015 ވަނަ އަހަރު އިންތިޚާބުވީ 196 މެންބަރުންނެވެ.