އިނގިރޭސި ވިލާތަށް، ރައްޔިތުން އެދޭ ބޮޑު ބަދަލު މިހާރު އަންނަން ފަށާފައިވާ ކަމަށާއި، މުޅި ގައުމުން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމުގައި، އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ 14 އަހަރުވީ ވެރިކަމަށްފަހު، އެޕާޓީ ބަލިކޮށް އާންމު އިންތިޚާބު ލޭބަރ ޕާޓީން ކާމިޔާބު ކުރުމާއެކު، ދެން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކެއިރު ސްމާރޓާރ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ނަތީޖާ އަދިވެސް އިއުލާން ކުރަމުންދާއިރު އެގައުމުގެ އާ ހައުސް އޮފް ކޮމަންސްއަށް ރެކޯޑް އަދަދަކަށް އަންހެން މެމްބަރުން ވަނީ އިންތިޚާބު ވެފައެވެ. ފާއިތުވި ބައެއް އިންތިހާބުތަކުގައި އިނގިރޭސިވިލާތުގެ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު މިއަހަރު މިހާތަނަށް 242 އަންހެން މެމްބަރުން ވަނީ މަޖިލީހަށް އިންތިހާބުވެފަ އެވެ.
އެގިތުން މިހާތަނަށް މި އިންތިޚާބުގައިވަނީ 242 އަންހެން މެމްބަރުންވަނި އިނގިރޭސި ގާނޫނުހަދާ މަޖިލީހަށް އިންތިޚާބު ވެފައެވެ. މީގެ ކުރިން 2019 ވަނަ އަހަރު ގާނޫހަދާ މަޖީލީހަށް އިންތިޚާބުވެފައިވަނީ 220 އަންހެން މެމްބަރުންނެވެ. އޭގެ ކުރިން 2017 ވަނަ އަހަރު 207 އަދި 2015 ވަނަ އަހަރު އިންތިޚާބުވީ 196 މެންބަރުންނެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ އިނދިކޮޅު ލޭބަރ ޕާޓީއެވެ. ލާބަރ ޕާޓީން އާންމު އިންތިޚާބު ކާމިޔާބު ކުރުމާއެކު ދެން އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ޕޭބަރ ޕާޓީގެ ލީޑަރ ކެއިރު ސްމާރޓަރއެވެ.
އަދިވެސް އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، 650 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުން، ލޭބަރ ޕާޓީންވަނީ 410 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިހާރު ވެރިކަން ކުރަމުންދާ ކޮންޒަރވޭޓިވް ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 116 ގޮނޑިއެވެ. އަދި ލިބަރަލް ޑިމޮކްޓިކް ޕާޓީއަށް 70 ގޮނޑި، އެސްއެންޕީއަށް 8 ގޮނޑި އަދި އެސްއެފްއަށް ވަނީ 7 ގޮނޑި ލިބިފައެވެ. ނަތީޖާ އިއުލާން ނުކުރެވޭ 17 ގޮނޑި އަދި އެބަހުއްޓެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވިގެން ދިއުމާއެކު، އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވާ ސްމާރޓަރ ވިދާޅުވީ، އިނގިރޭސވިލާތުގެ ރައްޔިތުން ބޭނުންވާ ބަދަލު "މިވަގުތުން ވެށިގެން އަންނަން ފެށީ" ކަމުގައެވެ.
އަދި މިހާރުގެ ބޮޑުވަނީ ރިޝީ ސުނަކް ވަނީ ބަލި ގަބޫކު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން "ބަސް އިއްވައިފި" ކަމުގައެވެ.
މި އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީގެ އިސް ބައެއް ފަރާތްތަކަށްވެސް ވަނީ ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ގެއްލިފައެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސްއާއި، ޑިފެންސް ސެކެޓްރޫ ގްރާންޓް ޝަޕްސްއާއި، ޖެކޯބް ރީސް މޮގް އަދި ޕެނީ މޯޑައުންޓް ހިމެނެއެވެ.
އަދި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ދާއިރާވެސް މިފަހަރު ލޭބަރ ޕާޓީންވަނީ ކާމިޔާބު ކޮށްފައެވެ.