ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމަކީ އަދިވެސް ޗައިނާ

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމަކީ އަދިވެސް ޗައިނާ

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމެއްގެ ގޮތުގައި ޗައިނާއިން ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ޖޫންމަހުގެ 14 ވަނަދުވަހުއެވެ. އެދުވަހު 5646 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި މިހާރުވެސް  ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ ޗައިނާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އެގޮތުން ފާއިތުވި ޖޫންމަހު  ޗައިނާ އިން 20،036 ފަތުރުވެރިން، ރަޝިޔާއިން 14،865 ފަތުރުވެރިން، ޔޫކޭއިން 8261 ފަތުރުވެރިން، ޖާމަނީއިން 5811 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ ޖޫންމަހު އެވެރްޖުކޮށްް ދުވާލަކު 4000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

މިިދިޔަ ޖޫންމަހުގެ 27 ވަނަދުވަހު ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައެވެ.

މިއީ ފަތުރުވެރިކަމުގެ 51 އަހަރުގެ ތާރީހުގައި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާއަކީ ރާއްޖޭގެ ތާރީހުގައިވެސް އެއް ކުއާޓާއެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ކުއާޓަރެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1،015،515 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 123،281 އެކެވެ. މީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 2918 މީހުންގެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 120،363 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު، މި އަހަރު ނިމޭއިރު 2.1 މިލިއަން ނުވަތަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *