ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ބޭނުންވާނަމަ މެއިލްއަކުން ނުވަތަ ސިޓީއަކުން ހުށަހެޅުމަށް އެދިއްޖެ

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ބޭނުންވާނަމަ މެއިލްއަކުން ނުވަތަ ސިޓީއަކުން ހުށަހެޅުމަށް އެދިއްޖެ

Author
ޙަސަން މުޙައްމަދު
04 ޖުލައި 2024 12:39
0

ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ކުއްޔަށް ބޭނުންވާނަމަ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެއިލް އަށް ނުވަތަ ސިޓީއަކުން ހުށަހެޅުމަށް އެދިއްޖެއެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށާއި، ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުންނާއި ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލްއަކުން ބިން ހޯދުމަށް އެދުމަށެވެ. އެގޮތުން ބިމުގެ ޖާގަ ހުރި މިންވަރަކަށް ބަލައި ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަ މަރުކަޒެއްގެ ގޮތުގައި ގޮތުތައި ތަރައްގީކުރާ ރަށެކެވެ. އެގޮތުން އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް އެރަށުން ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.