ޒަމާނީ އިޤްތިޞާދުގެ ބިންގަލަކީ، ޕޯސްޓުގެ ޚިދުމަތް: މަލީހު

ޒަމާނީ އިޤްތިޞާދުގެ ބިންގަލަކީ، ޕޯސްޓުގެ ޚިދުމަތް: މަލީހު

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 07:52
0

ޒަމާނީ އިޤްތިޞާދުގެ ބިންގަލަކީ، ޕޯސްޓުގެ ޚިދުމަތްކަމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޕޯސްޓް ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ މަލީހު ދެއްވި މެސެޖްގައި ވިދާޅުވީ މިއަދުގެ މި ޓެކްނޯލޮޖީގެ ދުނިޔޭގައިވެސް އެހެނިހެން ޒަމާނީ މުވާޞަލާތުތަކުގެ ކުރިއެރުމާއި އެކުގައިވެސް ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަމާއި މަޤުބޫލުކަން ކުޑައެއް ނޫންކަމުގަ އެވެ. އަދި ކޯވިޑް-19ގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމާއެކު، ޕޯސްޓުގެ ޚިދުމަތް ބޭނުންކުރުން މިވަނީ ކުރިޔަށްވުރެ ގިނަވެފައިކަމަށެވެ. މިއިން ދޭހަވަނީ ޕޯސްޓުގެ ޚިދުމަތުގެ ކުރިމަގު އުޖާލާ ކަމާއި، ޕޯސްޓުގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރަންޖެހޭ މިންވަރުކަމަށް މިނިސްޓަރ މަލީހު ވިދާޅުވި އެވެ.

"ޒަމާނީ އިޤްތިޞާދުގެ ބިންގަލަކީ، ޕޯސްޓުގެ ޚިދުމަތްކަން ދުނިޔެއިން ދަނީ ދަލީލުކޮށްދެމުން. އެހެންކަމުން ޒަމާނީ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމަށްޓަކައި، ޕޯސްޓުގެ ޚިދުމަތަށް އަންނަންޖެހޭ ޒަމާނީ ބަދަލުތައް. އަވަސްކަމާއި ހަލުވިކަމާއެކު ގެނައުމުގެ މުހިންމުކަން އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފަ." މިނިސްޓަރ މަލީހު ވިދާޅުވި އެވެ.

ދުނިޔޭގެ ޕޯސްޓް ދުވަހުގެ ގޮތުގަައި 9 އޮކްޓޫބަރ ފާހަގަކުރަނީ ޕޯސްޓުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީީ.ޔޫ) އުފެދުނީ 9 އޮކްޓޫބަރ 1874ގަައި ކަމަށްވާތީއެވެ. މިދުވަސް ވޯލްޑް ޕޯސްޓް ޑޭ ނުވަތަ ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުނީ މީގެ 51 އަހަރުކުރިން 1969ގައެވެ.

ޕޯސްޓުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޔޫ.ޕީ.ޔޫ.އަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ޖަމްޢިއްޔާއެވެ. އަދި ޕޯސްޓުގެ ޚިދުމަތަކީ، ދުނިޔޭގައި އެންމެ ޒަމާންވީ މުވާޞަލާތުގެ ޚިދުމަތެވެ. ޔޫ.ޕީ.ޔޫ.ގެ މެންބަރު ޤައުމަކަށް ރާއްޖެވީ 15 އޮގަސްޓް 1967ގައެވެ.

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަކީވެސް މުޅިދައުލަތުގެ އެންމެ ޒަމާންވީ ޚިދުމަތެވެ. ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނުތާ މިއަހަރަކީ 115ވަނަ އަހަރެވެ. ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ 9 ސެޕްޓެމްބަރ 1906ގައެވެ. ރާއްޖޭގެ ޕޯސްޓުގެ ތާރީޚަކީ ކުރިއެރުމާއި ތަރައްޤީގެ މަރުހަލާތަކެއް ކަނޑަތު ކޮށްފައިވާ ފަޚުރުވެރި ތާރީޚެކެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ސްޓޭމްޕްތަކަކީ ދުނިޔޭގައި މަގުބޫލް ސްޓޭމްޕްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Layaan
Dhen abadhu abadhu post eh thaa dhw kuran vee mi maleeh mee kaaku internet agu heyo nukohdhin meehakah mikan vaaneybaa