ޕާކިސްތާންގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ފަވާދް ހާން އާއި ސަނާ ސައީދް ފެނިގެންދާ ވެބް ސީރީޒް "ބަރުޒަހު" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
އަންނަ މަހުގެ 19 ގައި ޕްރީމިއާ ކުރަން ނިންމައި އޭގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ. މި އީ ވަރަށް ގިނަ ބަޔަކު ބަލައިލުމަށް ކެތް މަދުވެފައިވާ ސީރީޒްއެކެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އިންޑިއާގެ ދެ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ޒީ5 އާއި ޒީ ޒިންދަގީގެ ޔޫޓިއުބް ޗެނެލުންނެވެ. މި ސީރީޒް ލިޔެ، ޑައިރެކްޓްކުރީ 2020 ގައި ޒީ5 އިން ގެނެސްދިން މަގުބޫލު ސީރީޒް "ޗުރައިލްސް" ގެ ވެސް ހެދި އާސިމް އައްބާސީ އެވެ.
ފަވާދާއި ސަނަމް އެކީީގައި ސީރީޒަކުން ބެލުންތެރިންނާ ބައްދަލު ކުރަން ކުޑަތަންވަމުބް އަންނަ އިރު، މި ދެ ތަރިން އެކީގައި ކުރިން ވަރަށް ކާމިޔާބު ޓީވީ ސިލްސިލާއެއް ކުޅެފައިވެ އެވެ. އެއީ ހަމް ޓީވީން 2012-2013 އަށް ގެނެސްދިން "ޒިންދަގީ ގުލްޒާރު ހޭ" އެވެ.