ފައިސާ ޖަމާކުރަން ފެށުމާއެކު، ދިގުލައިގެން ގޮސްފައިބާ އައްޑޫ މަސްވެރިންގެ މުޒާހަރާ ނިންމާލައިފި

ފައިސާ ޖަމާކުރަން ފެށުމާއެކު، ދިގުލައިގެން ގޮސްފައިބާ އައްޑޫ މަސްވެރިންގެ މުޒާހަރާ ނިންމާލައިފި

Author
ހުސައިން
01 ޖުލައި 2024 09:10
0

މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާ ޖަމާކުރަން ފެށުމާއެކު، ދިގުލައިގެން ގޮސްފައިބާ އައްޑޫ މަސްވެރިންގެ މުޒާހަރާ ނިންމާލައިފިއެވެ.

މިފްކޯއިން ބުނެފައިވަނީ ފާއިތުވި ބުރަސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހިފައިވާ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.

މިފްކޮއިން ބުނެފައިވަނީ ފައިސާ ޖަމާކުރަން ފެށުމާއެކު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހިރާކުރަމުންދިޔަ މަސްްވެރިން އިހުތިޖާޖު ހުއްޓާލާފައިވާ ކަމުގައެވެ.

މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލަ ބޮޑުވެފައިވާއިރު މިފްކޯއިން މިހާރުވަނީ މަސް ގަންނަ އަގު ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. އެގޮތުން މިފްކޯއިން ބުނެފައިވަނީ ދެން މަސްގަންނަމުން ދާނީ ބައިނަލްއަގުވާމީ މާރކެޓްގައި ހުންނަ ރޭޓަށް ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް ބައިނަލްއަގުވާމީ ރޭޓަށް ރިއާޔަތްކޮށް މަސް ގަންނަ އަގު ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ފާއިތުރި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަސްގަންނަ އަގު 25 ރުފިޔާއަށް ހަމަޖެއްސި ނަމަވެސް، މިސަރުކާރުން ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފައެވެ.

އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް އަގު ދައްކަމުން ދަނީ ސަރުކާރުން 400 ވަރަކަށް މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދީގެންނެވެ.

ރައީސް މުއިއްޒު ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދު ވެވަޑައިގެންފައިވަނީ މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެކަމުގައެވެ. އެހެންނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ވައުދު ފުއްދޭނީ މިފްކޯގެ މާލީ ހާލަތު ރަގަޅުވުމުން ކަމުގައެވެ. ސަރުކާރުން މިހާރުވަނީ މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.