އެމްޓީސީސީގެ އޭޖީއެމް މި މަހު 17 ގައި، ހިއްސާއަކަށް 3 ރުފިޔާ

އެމްޓީސީސީގެ އޭޖީއެމް މި މަހު 17 ގައި، ހިއްސާއަކަށް 3 ރުފިޔާ

ގުޅުންހުރި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައި ޖަލްސާ ގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.

އެމްޓީސީސީ އިން މިއަދު ކުރި އިއުލާނުގައި ބުނީ، އަހަރީ އާންމު ޖަލްސާ އޮންނާނީ މި މަހުގެ17 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ ދާރުންނަށް ހިއްސާ އަކަށް 3ރ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ23 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާ ދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

އެމްޓީސީސީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު %30 އަދަދެކެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 278 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު %14 އަދަދެކެވެ.

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ކުރީ އަހަރާ އަޅާ ބަލާއިރު %50 ދަށް އަދަދެކެވެ.

އެމްޓީސީސީން ބުނެފައިވަނީ، ސާފު ފައިދާ ދަށަށް ދިޔައީ އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ޕްރޮވިޝަންސް އަދި ފައިނޭންސް ކޮސްޓު އެކްސްޕެންސް އިތުރުވުމުންކަމުގައެވެ.

2022 ވަނަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 4ރ. ބަހަން ފާސްކުރި އެވެ. އެގޮތަށް ނިންމީ 2022 ވަނަ އަހަރު ލިބުނު ފައިދާ އިން އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހަން ނުފެންނަ ކަމަށް މިދިޔަ އަހަރުގެ 15 ޖޫންގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމި ނިންމުން ބަދަލުކޮށް މިދިޔަ މަހުގެ12 ވަނަ ދުވަހު ބޭއްވި ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ