މާލޭގައި އޭލެވެލް އަށް ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލް ކަމަށްވާ ސީއެޗްއެސްސީގައި އަލުން އޭ ލެވެލް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ މާލޭގައި އޭ ލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމުން އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފޯރަމުންދާ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުގައި އޭ ލެވެލްގެ ކުޔެވުން ފަށާ އިރު، ސީއެޗްއެސްސީގެ ކުރީގެ އިމާރާތުގައި ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" ރަމާލޭގައި ސަރުކާރުގެ އޭ ލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ. އަދި، ގާތުން ތައުލީމު ފޯރުކޮށް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭ ލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ ވެސް މީހާރަށް ވުރެ ކުޑަކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައި ދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާ ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި އޭ ލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި މިހާރު ހިންގަމުން އަންނަ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ