ނިޔާވި ޖަމީލް ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގައި: ކަރެކްޝަންސް

ނިޔާވި ޖަމީލް ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގައި: ކަރެކްޝަންސް

ޖަލުގައި ހައްޔަރު ކޮށްފައިހުއްޓާ ނިޔާވި ޖަމީލް ނިޔާވިއިރު ހައްޔަރު ކޮށްފައިހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގައި ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ޖަލުގައި ހުއްޓާ ނިޔާވި ޖަމީލުގެ ހަށުގަޑު ޕޯސްޓްމޯޓަމް ހަދަން އާއިލާގެ ހުއްދަ ނުލިބުމުން، މިހާރުވަނީ ވަޅުލާފިއެވެ. އޭނާގެ ހަށިގަޑު ވަޅުލާފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށްފަހުއެވެ.

އެހެންނަމަވެސް އޭނާއަށް ޖަލު އޮފިސަރުން އަނިޔާކޮށްފައިވާކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން މިއަދު ފުލުހުންނާއި ކަރެކްޝަންސްއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ ފަރާތުން ވިދާޅުވެފައިވަނީ ޖަމީލް ބަންދުކޮށްފައި ގޮޅިއަކީ ކުރިން އިއްޒަތްތެރިން ޖަލަށް ހުކުމް ކުރީމަ ބޭތިއްވުމަށް ބޭނުންކުރި ޔުނިޓުގެ ގޮޅިއެއް ކަމަށެވެ. އަދި އެ ގޮޅީގައި އޭސީއާއި އެނދުވެސް ހުންނާނެ ކަމުގައި ކަރެކްޝަންސްއިން ބުނެފައި ވެއެވެ.

ގޮޅިތަކަކީ ކުރިން އިއްޒަތްތެރިން ޖަލަށް ހުކުމް ކުރީމަ ބޭތިއްވުމަށް ބޭނުންކުރި ޔުނިޓުގެ ގޮޅިތައް، އޭސީ ހުންނާނެ އެނދު ހުންނާނެ.

ކަރެކްޝަންސްގެ ފަރާތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ކަރެކްޝަންސްއިން މިއަދު ބުނެފައިވަނީ އެހެންނަމަވެސް ޖަމީލް އެ ޔުނިޓް އޭސީ ހަލާކު ކޮށްލާފައިވާ ކަމަށާއި، އޭސީއާއި އެނދު އެގޮޅިން ބޭރު ކުރެވިފައިވަނީ ޖަމީލް ބޭނުންވެގެން ކަމުގައެވެ. އަދި އެ ޔުނިޓްގައި ހުރި ކެމެރާ ހަލާކުވުމުން އަލުން ކެމެރާއެއް ލީ ނަމަވެސް އެ ކެމެރާގައިވެސް ހުރީ ދަތް އުނގުޅާ ބޭސްކަމަށް ކަރެކްޝަންސްްއިން ބުންޏެވެ. އަދި އެ ކެމެރާގެ ސީސީޓީވީ ފޫޓޭޖް ފުސްކޮށް ފެންނަ ސަބަބަކީ އެއީކަމުގައިވެސް ބުނެފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކަރެކްޝަންސްއިން ބުނީ، ޖަލު އޮފިސަރުން ބެލި އިރުވެސް އަދި ކާތަކެތި ހިފައިގެން ދިޔަ ފަރާތުން ބެލިއިރުވެސް ޖަމީލު ސަޖިދައިގެ ޕޯސްގައި އޮތުމުން އަޅާނުލާ ދިޔަ ކަމަށާއި، އެހެންނަމަވެސް އެގޮތަށް މާގިނައިރު އޮންނާން ފެށުމުން އޭނާގެ ހަށިހަޑު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެހިސާބުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *