1029 ބައިވެރިންނާއެކު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

1029 ބައިވެރިންނާއެކު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

ގުޅުންހުރި

1029 ބައިވެރިންނާއެކު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަ ހުޅުވާލި މިއަހަރު މުބާރާތުގައި މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާއިރު އޭގެ ތެރޭގައި ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ހިމެނޭ ކަމުގައެވެ.

3 ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިއަހަރުގެ ގުރުއާން މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލެއްގައެވެ. އެގޮތުން ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިޔަށް ދާނީ ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުމެވެ. އަދި މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުމެވެ.

މިބާރާތް ކުރިޔަށްދާ 3 ދަންފަޅިއަކީ:

ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް،

ހަވީރު 16:00 އިން 18:00 އަށް،

ރޭގަނޑު 20:00 އިން 10:30 އަށް

ހުކުރު ދުވަސްތަކުގައި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑުއެވެ.

މިފަހަރުގެ މުބާރާތް އިންތިޒާމް ކޮށްފައިވަނީ މުބާރާތުގައި ބައިވެރިވާން ރާއްޖެތެރެއިން މާލެއަންނަ ބައިވެރިން ގިނަދުވަހު މާލޭގައި ތިބެން ނުޖެހޭ ގޮތަށެވެ.

އަދި ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖުލައިމަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ