އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާތަކާއެކު ބައްދަލުވުމެއް ބާއްވައިފި

އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާތަކާއެކު ބައްދަލުވުމެއް ބާއްވައިފި

Author
ހުސައިން
27 ޖޫން 2024 04:25
0

ދިވެހި ފުލުހުންގެ ޚިދުމަތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި މި ސެންޓަރު ހިންގާނެ ގޮތާއި ރާއްޖޭގައި ސްކޭމްގެ މިހާރުގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން ސްކޭމްގެ ޝިކާރައަށްވާ މީހުންނާއި އެ ފަދަ މައްސަލަތައް މަދުކުރުމުގައި މީޑިއާތަކުގެ ދައުރާއި މީޑިއާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު އަދި ޕޮލިސް މީޑީއާ ސެންޓަރުގެ އިތުރުން ބައެއް މީޑިއާތަކުން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.