ހިޔާ ފުލެޓެއްގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ހިޔާ ފުލެޓެއްގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ

Author
ޙަސަން މުޙައްމަދު
27 ޖޫން 2024 01:33
0

ހިޔާ ފްލެޓްގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިމައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ ހިޔާ ފްލެޓުގައި ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބަޔަކު މީހުންވެގެން ކުޑަ ކުއްޖެއްގެ ގައިގައި ތަޅާ އަނިޔާކުރާ މަންޒަރެވެ.

ސޯޝަން މީޑިއާގައި އާންމުވެފައިވާ ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް 19 ޖޫންގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއަމަލު ހިންގި ފަރާތްތަކަކީ ކޮންބައެއްކަން އަދި މިހާތަނަށް އެނގިފައި ނުވާކަމަށާއި، އެ ބަޔަކާ ގުޅުންހުރި މައުލޫމާތު ލިބިފައިވާނަމަ އެކަން ފުލުހުންނާ ހިއްސާކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ މީހަކު ކުޑަ ފިރިހެން ކުއްޖަކަށް ބިރުދައްކާ އަދި އަނިޔާކުރާ މަންޒަރެވެ. އެހެންނަމަވެސް އެ ހާދިސާ ހިގަމުންދިޔައިރު، ކައިރީގައި ތިބި އެއްވެސް ބަޔަކު އަނިޔާކުރުން ހުއްޓުވަން މަސައްކަތް ކޮށްފައިނުވާކަން ވީޑިއޯއިން ފާހަގަވާން ހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.