ބޮލީވުޑް ހުނަރުވެރި އެކްޓަރު ކޮންކޮނާ ސިން ޝަރުމާ އާ ބައިވެރިޔަކު ހޯދައިފި އެވެ.
ކޮންކޮނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު އަމޯލް ޕްރަޝާރު އާއިއެވެ. ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއް އަމޯލް، 37، ވަނީ ކޮންކޮނާ، 44، އާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފަ އެވެ. އޭނަ ބުނީ ދެ މީހުން ވެސް ތިބީ ވަރަށް އުފުލުން ކަމަށާއި ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށެވެ.
ކޮންކޮނާއާ އެކީ އަމޯލް ފިލްމެއްގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2020 ގެ "ޑޮލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" ގަ އެވެ. އެއީ މާބޮޑު ކާމިޔާބެއް ހޯދުނު ފިލްމްއެއް ނޫނެވެ.
ބަތަލާއެއްގެ އިތުރުން މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކޮންކޮނާގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ އަކީ އެކްޓަރު ރަންވީރު ޝޯރޭ އެވެ. އެ ދެ މީހުންގެ 2010 ގެ ކައިވެނި ރޫޅައިލީ 2020 ގަ އެވެ.
ދެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިިވާ ކޮންކޮނާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނަ އަކީ މަޝްހޫރު ބަތަލާ/ޑައިރެކްޓަރު އަޕަރްނާ ސެންގެ ދަރިއެކެވެ.
ކޮމެންޓު ފޮނުވާ