މެނިންޖައިޓިސް ވެކްސިން، އާއްމުކޮށް ޖަހަން ޖެހޭފަދަ ހާލަތެއް ނެތް: އެޗްޕީއޭ

މެނިންޖައިޓިސް ވެކްސިން، އާއްމުކޮށް ޖަހަން ޖެހޭފަދަ ހާލަތެއް ނެތް: އެޗްޕީއޭ

ގުޅުންހުރި

ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި، ގައިން ގަޔަށް އަރާ "އިންވޭސިވް މެނިންގޯކޮކަލް" ރާއްޖޭގައި ފެތުރެމުން ނުދާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިބަލި ރާއްޖޭގައި ފެތުރެމުން ނުދާތީ އާއްމުކޮށް އެ ވެކްސިން ޖަހަންޖެހޭފަދަ ހާލަތެއް ރާއްޖޭގައި ނެތްކަމުގައެވެ.

ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެން މި ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ. އޭނާއާ ގާތުން އެއްތަންވި މީހުން ހޯދުމުގެ މަސައްކަތުގެ ޓްރޭސިން ހަދައި ނިންމާފައިވާއިރު، އެ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދޭން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިންވޭސިވް މެނިންގޯކަލް ބަލި ފެތުރެމުންދާކަމަށް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ޖަހާ ވެކްސިން އާއްމުކޮށްވެސް، އަދި ސިއްހީ ހިދުމަތްތެރިން ވެސް ޖެހުމުގެ ހާލަތެއް ނެތް ކަމަަށެވެ.

އެކަމަކު، ބަލި ޖެހުމަށް 'ހައިރިސްކު' ބައެއް ގްރޫޕުތަކުން ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެއީ:

  1. ހައްޖު ނުވަތަަ އުމްރާގެ އަޅުކަން އަދާކުރުމަށްފަަހު އެނބުރި އައި މީހުން
  2. މެނިންގޯކަލް ބަލީގެ ކޭސްތައް ފެންނަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް
  3. ބަލި ހުންނަ ފަރާތްތައް

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ