އަގުބޮޑު ޓެސްލާ ކާރު މުސްތަފާއާއި ހަވާލު ކޮށްފި

އަގުބޮޑު ޓެސްލާ ކާރު މުސްތަފާއާއި ހަވާލު ކޮށްފި

ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ދަށުން ދޫކުރި އަގުބޮޑު ޓެސްލާ ކާރު ލިބުނު ނަސީބުވެރިޔާއާއި އެކާރު ހަވާލު ކޮށްފިއެވެ.  ޓެސްލާ ކާރު ލިބުނު ނަސީބުވެރިޔާއަކީ ކ. ތުލުސްދުއަށް އުފަން މުސްތަފާ މުހައްމަދުއެވެ.

އޭނާއަށް އަގު ބޮޑު ޓެސްލާ ކާރު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މުސްތަފާއާއި އޭނާގެ އާއިލާ ބައިވެރި ވެފައި ވެއެވެ. އަދި އޭގެ އިތުރުން ދިރާގުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ޓެސްލާ ކާރު ލިބޭ ފަރާތް ހޮވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ދިރާގު އީދު ޝޯގެ ތެރެއިންނެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެކުނުފުނިން ލޯންޗުކުރި ހަރަކާތެކެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯ ދިރާގު އީދު ޝޯގެ ތެރެއިން ބާއްވާފައިވާއިރު، ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނީ މުސްތަފާ މުޙައްމަދަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ފެށި މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި 17 ޖޫން 2024 އާ ހަމައަށް މަޑުކުރަންޖެހެއެވެ. މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑްވެސް ކުރެވެންއޮތްކަން ދިރާގުން ފާހަގަކުރިއެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދޭން ނިންމި ޓެސްލާ ކާރު އާންމުނަށް ދައްކާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *