ޒުވާން ޑޮކްޓަރު އަނާން ނިޔާވެއްޖެ

ޒުވާން ޑޮކްޓަރު އަނާން ނިޔާވެއްޖެ

Author
ހުސައިން
26 ޖޫން 2024 10:00
0

ރާއްޖޭގެ ޒުވާން ޑޮކްޓަރު އަނާން ނިޔާވެއްޖެއެވެ. އޭނާއަކީ ޚާއްސަކޮށް ކެންސަރު ބަޔަށް ފަރުވާ ދެމުންދިޔަ ޑޮކްޓަރެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ސްރީ ލަންކާގައެވެ. އެހެންނަމަވެސް އަނާން ނިޔާވި ކޮންކަހަލަ އާލާސްކަންފުޅެއްގައިކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޑޮކްޓަރު އަނާން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދެވީ އޮންކޮލޮޖިސްޓް ސެންޓަރުގައެވެ.

ފާއިތުވެދިޔަ މޭމަހުވެސް ވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދެވި ޒުވާން ޑޮކްޓަރަކު ނިޔާވެފައެވެ. ޑޮކްޓަރު އައިމިނަތު ރަމްޝާ ނިޔާވެފައިވަނީ ކެންސަރު ބައްޔަށް ތައިލޭންޑުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.