މަޝްހޫރު ބޮލީވުޑްގެ ބަތަލާ ގެ ކުރީން ލޯބީގެ ގޮތުން ގުޅުނު ވިޔަފާރީވެރިޔާ ސިދާތު މާލިއާ ކައިވެނިކޮށްފި އެވެ.
ސިދާތް އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅުންކަމަށް ވަނީ އޭނާ ބޮލީވުޑްގައި މާބޮޑޫ ކާމިޔާބެއް ނުހޯދޭ، އަދި ހަމަ ބޮލީވުޑް އަށް ނިކުތްތާ ކުރީ ކޮޅުގައިއެވެ. ދެމީހުން އެކުގައި ކްރިކެޓް މެޗްތަށް އެދުވަސްވަރު ބަލަންދެއެވެ. އެމީހުންގެ ލޯބީގެ ގުޅުން މާގިނަ ދުވަހަކު ދެމިއެއް ނޯތެވެ.
މިޑީއާ ރިޕޯޓްތަށް ބުނާގޮތުގައި ދީޕިކާ ގެ ނަން މެދު އުޑުގައި ފިޔަޖަހައި އޭނާ އަށް ލިބުނު ކުއްލި މަޝްހޫރު ކަމާއި އެކުގައި ދީޕިކާ ސިދާތު އަށް ބޭވަފާތެރި ވީއެވެ. ނަމަވެސް މިފަދަ ވާހަކަ ތަކަކީ މަޝްހޫރު ތަރިން ދައްކާ ވާހަކަތަކެއް ނޫންކަމުން ހަގީގަތެއް ނޭގެއެވެ.
ލަންޑަންގައި އޭނަ އިއްޔެ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވީ ޖޭސްމިންއާ އެވެ. ކައިވެނި ކުރަން އުޅޭ ވާހަކަ މީގެ ފަސް ވަރަކަށް ދުވަސް ކުރިން އޭނަ އިންސްޓަގްރާމްގައި ވެސް ހިއްސާކުރި އެވެ.
ސިދާތަކީ އަކީ ބަނގުރޫޓްވެގެން ހުއްޓައިލި އިންޑިއާގެ ކުރީގެ މަޝްހޫރު އެއާލައިން، ކިންގްފިޝާގެ ވެރިޔާ ވިޖޭ މާލިއާގެ ދަރިއެކެވެ.