"އިސްތިރީ 2″ ގެ ޓީޒާ ވަރަށް ބިރުވެރި

"އިސްތިރީ 2″ ގެ ޓީޒާ ވަރަށް ބިރުވެރި

Author
ފާތިމަތު ނާވީ
28 ޖޫން 2024 09:49
0

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "އިސްތިރީ 2″ ގެ ޓީޒާ އާންމުކޮށްފި އެވެ.

މި ފިިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން 2018 ގައި ގެނެސްދީގެން ބޮޑު މަގުބޫލުކަމަކާއި ބޮކްސް އޮފީހުގައި ހައިރާން ކުރުވަނިވި ވަރުގެ އާމްދަނީއެއް ވެސް ހޯދި "އިސްތިރީ" ގެ ސީކްއެލް އެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

މި ފިލްމުގެ ފުރަތަމަ ބައި 2018 ގައި ރިލީޒް ކުރުމުން ބޮޑު ކާމިޔާބީ އެއް ލިބިފައިވެ އެވެ. އަދި މި ފިލްމު ވަނީ 64 ވަނަ ފިލްމްފެއާ އެވޯޑްސް ގައި 10 ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

އޮގަސްޓްގައި ނެރޭ ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި އަދި ފިލްމުފެއާގައި ބެސްޓް ޑައިރެކްޓަރު ކަމަށް ނޮމިނޭޓް ވި އަމަރު ކައުޝިކް އެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު މެޑޮކް ފިލްމްސްގެ ފަރާތުންނެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން މި ފިލްމުގައި ޕަންކާޖް ޓްރިޕާތީ، އަބީޝެކް ބެނާޖީވެސް މުހިއްމު ރޯލު ތަކެއް އަދާކުރެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.