"ކޮފީ ވިތު ކަރަން 9″ އަންނަ އަހަރު ފަށަނީ

"ކޮފީ ވިތު ކަރަން 9″ އަންނަ އަހަރު ފަށަނީ

ގުޅުންހުރި

ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަން  ވަރަށް މުހިއްމު ބަދަލަކާ އެކީ އަންނަ އަހަރު ގެެނެސްދޭނެ ކަމަށް މި ޝޯވ ގެ ހޯސްޓް ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމް މޭކާ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

އިންޑިއާގެ ޔޫޓިއުބާއެއް ކަމަށްވާ ސުޗަރީތާ ތިއާގީ އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ މިދިޔަ އަހަރު ގެނެސްދިން 8 ވަނަ ސީޒަނުގައި ހުރި ފޫހި ކަންތައްތަކާއި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅުކޮށްގެން 9 ވަނަ ސީޒަން ގެނެސްދޭނީ މުހިއްމު ބަދަލުތަކަކާ އެކީގައި ކަމަށެވެ.

އެ ޝޯގެ އަށްވަނަ ސީޒަން މިދިޔަ އަހަރު ކުރިއަށް ދިޔައިރު ޝޯގެ މެހެމާނުންގެ ތެރޭގައި ރަންވީރު ސިންހް، ދީޕިކާ ޕަދުކޯން ކަރީނާ ކަޕޫރު އަދި ސާރާ އަލީ ޚާން، ފަދަ ޒުވާން ތަރިން  އަދި ބޮލީވުޑްގެ އޭލިސްޓްގެ ތަރިން ވަނީ ބައިވެރި ވެފައިއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

ކުރިއަށް އޮތް ސީޒަންއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ކަރަން ބުނީ އެ ޝޯތަކުގައި މުޅިން ތަފާތު ބައިތަކެއް ހިމެނޭނެ ކަމަށާއި އެއީ ބެލުންތެރިން ގަޔާވާނެ ބައިތަކެއް ކަމަށެވެ.

"ކޮފީ ވިތު ކަރަން" ގެ އެޕިސޯޑްތަކުން އާންމުކޮށް ފުރުސަތު ލިބެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނަށެވެ. ވަކިން ހާއްސަކޮށް ކަަރަންއާ ގާތް ގުޅުން އޮންނަ މީހުންނަށެވެ. އޭގެ ތެރޭގައި ރިޕީޓްކޮށް ގިނަ ތަރިން ގެނެސްދީފައިވެ އެވެ. މިކަމާ ހެދި ކަރަން އަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *