ސައިފްގެ ފިލްމަށް ކުނާލް

ސައިފްގެ ފިލްމަށް ކުނާލް

Author
ފާތިމަތު ނާވީ
26 ޖޫން 2024 10:04
0

ސައިފް އަލީ ހާން މިހާރު ކުޅެމުން އަންނަ އެކްޝަން ތުރިލާ "ޖުވެލް ތީފް: ދަ ރެޑް ސީ ޗެޕްޓާ" ގެ ރޯލަކަށް މިހާރު ވަަރަށް މަދުން ފިލްމް ތަކުން ފެންނަ އެކްޓަރެއް ކަމުގައިވާ ކުނާލް ކަޕޫރްއަށް ލިބިއްޖެއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މި ފިލްމުގެ ޝޫޓިން ޝެޑިއުލްއެއް މިހާރު ނިންމައިލިކަން ހިއްސާކޮށް ކުނާލް ވަނީ އިންސްޓަގްރާމް ފިލްމުގައި ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Kunal Kapoor (@kunalkkapoor)

 

"ޖުވެލް ތީފު" ގެ ކާސްޓްގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނޭ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި ފިލްމަކީ ސިދާތު އާންނަދު ޑައިރެކްޓްކޮށް މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން މާފްލިކްސްގެ "ފައިޓާ" އަށް ފަހު، އެ ސްޓޫޑިއޯ އިން ހަދާ ދެވަނަ ފިލްމެވެ.

މީގެ ކާސްޓްގައި ނިކިތާ ދައްތާ އާއި ޖައިދީޕް އަހުލުވާތު ހިމެނެ އެވެ. މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ކުނާލް އެންމެ ފަނުން ފެނިފައި ވަނީ ނެޓްފްލިކްސް އިން 2021 ގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "އަންކަހީ ކަހާނިޔާ' ގެ ރޯލަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.