ކަންގަނާ ބުނަނީ ފިލްމް ކުޅެން މާ ފަސޭހަ ކަމަށް

ކަންގަނާ ބުނަނީ ފިލްމް ކުޅެން މާ ފަސޭހަ ކަމަށް

Author
ފާތިމަތު ނާވީ
26 ޖޫން 2024 05:07
0

ސިޔާސީ ދާއިރާ އަށް ވުރެ ފިލްމް ކުޅުން މާބޮޑަށް ފަސޭހަ ކަމަށް ދާދިފަހުން ބޭއްވި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

މި ގޮޑި އަށް އެދި އޭނާ ވަނީ ވަރަށް ވަރުގަދަ އަށް ކެމްޕެއިން ޖައްސާ ގޮނޑި ކާމިޔާބު ކޮށްފައިއެވެ. މި ގޮނޑި ކާމިޔާބު ވުމުން ފިލްމް ކުޅުން ހުއްޓާލާނެ ކަމަށް ވެސް އެ ކެމްޕެއިންގެ ތެރޭގައި އެކި ފަހަރު މަތިން އޭނާ ވަނީ ބުނެފައިއެވެ.

މި ފަހުން ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ފިލްމީ ދާއިރާ އަށް ނުކުތުމާ އެކު އޭނާ އަށް ސިޔާސީ ދާއިރާ އަށް ވަނުމަށް އެކި ފަހަރު މަތިން ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް އޭރުގައި އެކަމަށް އަދި ވަގުތު ނުޖެހޭތީ އާއި ފިލްމް ކުޅުމަށް އޮތް ޝައުގެއްގެ ބޮޑުކަމުން އޭނާ އެފުރުސަތުގެ ބޭނުން ނުކުރީ ކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ނަމަވެސް ސިޔާސީ ދާއިރާ އަކީ ވަރަށް އުނދަގޫ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދާއިރާއަކަށް ވިޔަސް، އެ ހުރިހާ ކަމަކަށް ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ. ކަންގަނާ ފާހަގަ ވެގެން ގޮސްފައިވަނީ ވަރަށް ކެރޭ ކޮންމެ އެއްޗެއްވެސް ބުނާ ބިރު ކުޑަ ބަތަލާއެއްގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.