ބޮލީވުޑްގެ އޭލިސްޓުން ތިން ބަތަލާ އިން ލީޑުން ފެނިގެންދާ ފިލްމް "ޖީ ލޭ ޒަރާ" ގެ ޝޫޓިން މިއަހަރު ފަށާނެ ކަމަށް މީޑިއާއިން މީގެ މަހެއްހައި ދުވަސް ކުރިން އިއުލާން ކޮށްފައިވަނިކޮށް މި ފިލްމް ފެށޭނެ ދުވަހެއް ނޭގެ ކަމުގެ އިޝާރާތެއް ދީފި އެވެ.
"ޖީ ލޭ ޒަރާ" އަކީ އާލިއާ ބަޓް އާއި ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލު ކުޅޭ ގޮތަށް ހަމަޖައްސާފައިވާ ފިލްމެކެވެ. މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ ފިލްމް ނުފެށި ލަސްވާ އެންމެ ބޮޑު ސަބަބަކީ ފިލްމުގައި މަސައްކަތްކުރަން ތިބި އެންމެން އެހެން މަސައްކަތްތަކުގައި ބިޒީވެ އަދި ވަގުތު ނުދެވި އޮތުމުންނެވެ.
އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މިއީ ޒޯޔާ އަޚްތަރާއި ރީމާ ކަގްޓީ ލިޔެފައިވާ ވާހަކައަކަށް ހަދާ ފިލްމެކެވެ.
ކޮމެންޓު ފޮނުވާ