ކުޅުދުއްފުށި ސިޓީގެ ކްލިނިކަކުން ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކުޅުދުއްފުށި އިލާ ކްލިނިކުން ވައްކަން ކޮށްފައިވާ މައްސަލައާއި ގުޅިގެން އެ ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް އެ ސިޓީގެ ފުލުހުން ކުރި މަސައްކަތުން މި މަހުގެ 24 ވަނަ ދުވަހު އެ ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެ ތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނައެވެ. ކޮންމެ މަހެއްގައި ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅަނީ ވައްކަމުގެ މައްސަލައެވެ. މިފަދަ ކުށްތައް މަދު ކުރުމަށް ފުލުހުން ގެންދަނީ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.