ހަގީގަތް ގަބޫލުކުރާން އެބަޖެހޭ، މަސްވެރިންނަށް ފައިސާ ދެވޭނީ ދެކޮޅުޖެހޭ އަގެއްގައި މަސްގަނެގެވިގެން: ނާޒިމް

ހަގީގަތް ގަބޫލުކުރާން އެބަޖެހޭ، މަސްވެރިންނަށް ފައިސާ ދެވޭނީ ދެކޮޅުޖެހޭ އަގެއްގައި މަސްގަނެގެވިގެން: ނާޒިމް

Author
ހުސައިން
25 ޖޫން 2024 01:28
0

ޕާޓީގެ ކުލަތަކާއި ރޮނގުތައް ފަހަނައަޅައި ހަގީގަތް ގަބޫލުކުރާން އެބަޖެހޭ، މަސްވެރިންނަށް ފައިސާ ދެވޭނީ ދެކޮޅުޖެހޭ އަގެއްގައި މަސްގަނެގެވިގެން ކަމުގައި ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

ނާޡިމް މިހެން ވިދާޅުވީ، މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ހުރުމުން މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖާ ގުޅިގެން އެކަން ހައްލުކުރަން ސަރުކާރުން ހައްލެއް ހޯދައިދިނުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ އެވެ.

މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލާގައި ބަހުސް ކުރައްވަމުން ނާޡިމް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވެނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ ހާލަތު ހުރިގޮތުން ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ނުދީ ހުރި ފައިސާ ހިމެނޭހެން ގިނަ އަދަދެއްގެ ފައިސާ މި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ކަމަށާއި ޤައުމުގެ ހާލަތު އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން ޕާޓީގެ ކުލަތަކާއި ރޮނގުތައް ފަހަނައަޅައި އަޅުގަނޑުމެން އެބަޖެހޭ ހަގީގަތް ގަބޫލުކުރާ ބަޔަކަށްވާން. 12 ރުފިޔާއަށްވިޔަސް 15 ރުފިޔާއަށްވިޔަސް ދެވެން އޮތް އަގެއްގައި ދެކޮޅުޖެހޭ އަގެއްގައި މިކަން ކުރީމައި މަސްވެރިންނަށް ލާރިކޮޅު ބަރާބަރަށް ލިބޭނެ.

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ނާޡިމް އިތުރަށް ވިދާޅުވީ، މިފްކޯއިން މިހާރު މަސް ގަންނަމުން އަންނަ އަގަކީ އެ ކުންފުންޏަށް ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިން ބާނާ މަސް މިފްކޯއަށް ގަނެވޭނީ އެކަށީގެންވާ އަގެއްގައި މަސް ގަނެގެންކަމަށެވެ.

އެމްޑީޕީން ހުށަހެޅި މި މައްސަލައިގައި ވަނީ މިފްކޯއަށް ގަންނަ މަހަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި އެ ފައިސާ ދޫކުރަން ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.