ދުވަސްގަނޑަކަށް ފަހު އަމްރިތާ ފިލްމަކަށް ސޮއިކޮށްފި

ދުވަސްގަނޑަކަށް ފަހު އަމްރިތާ ފިލްމަކަށް ސޮއިކޮށްފި

ބޮލީވުޑްގެ ރީތި ބަތަލާ އަމްރިތާ ރާއޯ ގިނަ ދުވަސްތަކަކަށް ފަހު ފިލްމް އަކަށް ސޮއި ކޮށްފިއެވެ.

ބެލުންތެިރިންނަށް ކާމިޔާބު އަދި ރީޕތި ފިލްމް ތަކެއް ގެނެސްދީފައިވާ ކުރީގެ ރީތި ބަތަލާ ސޮއިކުރީ އޭނަ ރޯލެއް ކުޅުނު 2013 ގެ "ޖޮލީ އެލްއެލްބީ" ގެ ތިން ވަނަ ބަޔަށެވެ. މި ސިލްސިލާ ގެ ފިލްމް ތަކަކީ ބެލުންތެރިންގެ ތަރުހީބު ބޮޑު ފިލްމް ތަކެކެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމުގެ ކާސްޓްގައި 2017 ގެ "ޖޮލީ އެލްއެލްބީ 2″ ގެ ކާސްޓްގައި ހިމެނޭ އަކްޝޭ ކުމާރާއި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ. އަމްރިތާއާ އެކީ "ޖޮލީ އެލްއެލްބީ" ގެ ފުރަތަމަ ބައިގައި އަރުޝަދު ވަރްސީ ވެސް ހިމެނެ އެވެ. ތިން ވަނަ ބައިގައި ވެސް އޭނަ ހިމެނޭ، އިރު، "ޖޮލީ އެލްއެލްބީ 3″ ގައި އަމްރިތާ ކުޅޭނީ ފުރަތަމަ ބައިގައި އޭނަ ކުޅުނު ސަނދިއާގެ ކެރެކްޓާ އެވެ.

މިހާރު އުމުރުން 43 އަހަރުގެ ބަތަލާ އަމްރިތާ އެންމެ ފަހުން ފެނިފައި ވަނީ ނަވާޒުއްދީން ސިއްދީގީއާ އެކީ 2019 ގެ "ތާކްރީ" އިންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *