"ޖިގްރާ" އޮކްޓޯބަރު 11 އަށް ތާވަލު ކޮށްފި

"ޖިގްރާ" އޮކްޓޯބަރު 11 އަށް ތާވަލު ކޮށްފި

Author
ފާތިމަތު ނާވީ
25 ޖޫން 2024 01:51
0

ސެޕްޓެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އާލިއާ ބަޓްގެ ފިލްމު "ޖިގްރާ" އޮކްޓޯބަރަށް ފަސްކުރުމަށް ފަހު ފިލްމް ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 11 ވަނަދުވަހުގައިއެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. މި ފިލްމް އަށް ކުރެވޭ އިންތިޒާރުވެސް ވަނީ ވަރަށް ބޮޑު ވެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

 

މި ފިލްމަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އިޓާނަލް ސަންޝައިން އާއި އޭނަ ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ޖިގްރާ" އަކީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅުނު ދެވަނަ ފިލްމެވެ. އޭނަގެ އިޓާނަލް ސަންޝައިންގެ ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާ ގުޅިގެން 2022 ގައި ގެނެސްދިން "ޑާލިންސް" އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރި ބަތަލާ ވަަރަށް ތަފާތު ރޯލަކުން ފެންނާނެ "ޖިގްރާ" ގެ ޑައިރެކްޓަރަކި 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.