"ދެވާރާ" ސެޕްޓެމްބަރު 27 އަށް ތާވަލު ކޮށްފި

"ދެވާރާ" ސެޕްޓެމްބަރު 27 އަށް ތާވަލު ކޮށްފި

Author
ފާތިމަތު ނާވީ
25 ޖޫން 2024 02:54
0

މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ: ޕާޓް 1″ 27 ގައި ސިނަމާ ތަކަށް ގެނައުމަށް ތާވަލު ކޮށްފިއެވެ.

ކުރިން މި އަހަރުގެ އެޕްރީލް 5 ގައި ރިލީޒްކުރަން ނިންމުމަށް ފަހު، އޮކްޓޯބަރަށް ފަސްކުރި ފިލްމް އަލުން އަވަސް ކޮށްފައި ވާއިރުގައި މި ފިލްމް އަކީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމްއެކެވެ.

"ދެވާރާ" އަކީ 2022 ގައި ރިލީޒްކުރި އަދި އާލިއާ ބަތަލާގެ ރޯލު ކުޅުނު ކާމިޔާބު ފިލްމު "އާރްއާރްއާރް" އަށް ފަހު، ބެލުންތެރިންނާ ހަމައަށް އަންނަ އެންޓީއާރް ޖޫނިއާގެ ފުރަތަމަ ފިލްމެވެ. އެހެންވެ ވަރަށް ގިނަ ބަޔަލު އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Devara Movie (@devaramovie)

 

"ޕޭން-އިންޑިއާ" ފިލްމެއްގެ ގޮތުގައި ހަދާ "ދެވާރާ" އަކީ ކޮރަޓަލާ ސިވާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާއެކެވެ. މި ފިލްމްގެ ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާނީ ސައިފް އަލީ ހާންއެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސައިފް ކުޅެނީ ވިލަންއެއްގެ ރޯލެވެ. އަދި އޭނަގެ ކެރެކްޓާގެ ނަމަކީ ބައިރާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.