"ދެވާރާ" ރިލީޒް ކުރާ ތާރީހް އަވަސްކޮށްފި

"ދެވާރާ" ރިލީޒް ކުރާ ތާރީހް އަވަސްކޮށްފި

Author
ފާތިމަތު ނާވީ
23 ޖޫން 2024 02:56
0

މި އަހަރުގެ އެޕްރީލް 5 ގައި ރިލީޒްކުރަން ތާވަލު ކުރުމަށް ފަހު، އޮކްޓޯބަރަށް ފަސްކުރި އުންމީދީ ފިލްމް "ދެވާރާ: ޕާޓް 1″ ސެޕްޓެމްބަރަށް އަވަސްކޮށްފި އެވެ.

މި ފިލްމް އެޅުވުމުގައި ތާރީހެއް ހަމަ ނުޖެހިގެން އުޅެނީ މި ދެފިލްމް އަކީ ވެސް ކަރަން ޖޯހަރު ގެ ހިއްސާ އޮތް ފިލްމްއަކަށް ވުމެވެ. އެއީ ކަރަންގެ ފޭވަރިޓް ބަތަލާ އާލިއާ ބަޓްގެ ފިލްމް "ޖިގްރާ" އަށް ވެސް ރަނގަޅު ތާރީހެއް ހޯދައިދޭން އޭނާ ބޭނުން ވުމެވެ.

ކަރަންގެ ހިއްސާ އޮތް މި ދެފިލްމް ވެސް މިއަހަރުގައި ރިލީޒް ކުރުމަކީ އޭނާ ގެ ވަރަށް ބޮޑު އުންމީދެކެވެ. މި ފިލްމް ތަށް ރިލީޒް ކުރާ ދުވަހަށް ގެނައި ބަދަލާއި ގުޅިގެން މިހާރު އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ ސެޕްޓެމްބަރުގައިއެވެ. އެއާއި އެކުގައި "ދެވާރާ" ރިލީޒްކުރަން ކުރިން އޮތް ތާރީހު ކަމަށްވާ އޮކްޓޯބަރު 11 އަށް މިހާރު އޮތީ އާލިއާގެ ފިލްމު ތާވަލުކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Jr NTR (@jrntr)

ތެލެގޫ ބަހުން ހަދާފައިވާ "ދެވާރާ" ގެ ހިންދީ އޯޑިއަންސަށް ގެނެސްދިނުމުގެ ޒިންމާއާ ދަރުމާ އިން ހަވާލުވެފައިވާ އިރު، "ޖިގްރާ" އަކީ އެ ސްޓޫޑިއޯ އާއި އާލިއާގެ އިޓާނަލް ސަންޝައިން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ދެވާރާ: ޕާޓް 1″ އަކީ 2022 ގެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" އަށް ފަހު އެ ފިލްމުގެ ބަތަލު އެންޓީއާރް ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމް އަކީ ބަތަލާ ޖާންވީ ކަޕޫރު ގެ ސައުތުގެ އަލަތު ފިލްމްއެވެ.

 

View this post on Instagram

 

A post shared by Devara Movie (@devaramovie)

"ޕޭން-އިންޑިއާ" ފިލްމެއްގެ ގޮތުގައި ހަދާ "ދެވާރާ" އަކީ ކޮރަޓަލާ ސިވާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާއެކެވެ. މި ފިލްމްގެ ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާނީ ސައިފް އަލީ ހާންއެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސައިފް ކުޅެނީ ވިލަންއެއްގެ ރޯލެވެ. އަދި އޭނަގެ ކެރެކްޓާގެ ނަމަކީ ބައިރާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.