ރާހުލް އާއި ރައްޓެހިވެގެން އުޅޭކަން ޝްރައްދާ ކަށަވަރު ކޮށްދީފި

ރާހުލް އާއި ރައްޓެހިވެގެން އުޅޭކަން ޝްރައްދާ ކަށަވަރު ކޮށްދީފި

Author
ފާތިމަތު ނާވީ
24 ޖޫން 2024 01:56
0

ރާހުލް މޯދީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ބަތަލާ ޝަރައްދާ ކަޕޫރު ކަށަވަރު ކޮށްދީފިއެވެ. އޭނާ މިކަން ހަމަ ކޮށްފައިމިވަނީ މީޑީއާއިން މިވާހަކަ ދައްކައިތަށް ދުވަސްގަނޑެއް ފަހުންނެވެ.

ރާހުލް އަކީ ލިޔުންތެރިއެކެވެ. މިދެމީހުން ބައްދަލު ވެފައިވަނީ ޝްރަައްދާ އެންމެ ފަހުން ފެނިގެން ދިއަ ފިލްމް "ތޫ ޖޫޓާ މޭ މައްކާރު" ގެ ސެޓުންނެވެ. މި ފިލްމްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ރާހުލްއެވެ.

އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރެން ދިމާވީ މީގެ ދެތިން މަހެއް ކުރިން އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ ހަގު ދަރިފުޅު އާނަންތު އަންބާނީ ގެ ޕްރި ވެޑިން އިވެންޓެއްގައި އެކުގައި ބައިވެރިވުމާއި އެކުގައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މި އިވެންޓުގެ އެކި ފޮޓޯ ތަކުން މިދެމީހުން އެކުގައި ވަނީ ފެނިގެން ގޮސްފައިއެވެ. އެއާއި އެކުގައި ގިނަ ބަޔަކު ވަނީ ޝްރައްދާ އާއި ރާހުލް ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކައިފައިއެވެ. އެންމެ ފަހުން ޝްރައްދާ މިވަނީ އެ ވާހަކަތަކަށް ނިމުމެއް ގެނެސްދީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އެކަން ޔަގީން ކޮށްދީފަ އެވެ.

މިހާރު ދެކެވޭ ވާހަކަތަށް ބަލާއިރުގައި އެމީހުން އަންނަނީ ކައިވެނީގެ ޕްލޭން ތަށް ކުރަމުން ކަމަށް ވެއެވެ. އަދި އެމީހުންގެ ކައިވެނި ވަރަށް އަވަހައް ކުރެވިގެން ދާނެ ކަމަށް ވެސް މީޑިއާއިން މިހާރު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.