ތާހިރާގެ ފިލްމް ދައްކާނީ އެމެޒޯން ޕްރައިމް އިން މި މަހު 28 ގައި

ތާހިރާގެ ފިލްމް ދައްކާނީ އެމެޒޯން ޕްރައިމް އިން މި މަހު 28 ގައި

Author
ފާތިމަތު ނާވީ
23 ޖޫން 2024 12:35
0

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޔޫޝްމަން ކްރާނާގެ އަންހެނުން ތާހިރާ ކޭޝަޕް ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" މި މަހުގެ 28 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާކަމަށް އިއުލާން ކޮށްފިއެވެ.

"ޝަރުމާޖީ ކީ ބޭޓީ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މިހާރު މަދުމަދުން ފިލްމުތަކުން ވެސް ފެންނަ މަޝްހޫރު ޓީވީ ބަތަލާ ސާކްޝީ ތަންވަރާއި ދިވްޔާ ދައްތާގެ އިތުރުން ޒުވާން ބަތަލާ ސައްޔާމީ ކޭރެވެ.

"ޝަރުމާޖީ ކީ ބޭޓީ" އުފައްދާފައި ވަނީ ޕްރޮޑިއުސަރު އަތުލް ކަސްބޭކަރްގެ އެލިޕްސިސް އެންޓަޓައިންމަންޓާއި ޕްރޮޑިއުސަރު ސަމީރު ނައިރްގެ އެޕްލޯސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

 

ތާހިރާ މީގެ ކުރިން "ޓޮފީ" ކިޔާ ކުރު ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.