އިވުމުގެ ހިއްސަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ނާދިރު ބައްޔެއް ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއާ އަލްކާ ޔަގްނިކް އަށް ޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.
އެއާއި އެކުގައި އޭނާ ވަނީ ކަންފަތަށް ޖަހައިގެން ބޭނުންކުރާ ހެޑްސެޓް އަަދި އިއާފޯން ޑިވައިސްތައް ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ގޮވައިލައިފައިއެވެ.
އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނީ އޭނަވަނީ ވަރަށް ނާދިރު ބައްޔެއްގެ ޝިކާރައަކަށް ވެފައިކަމަށެވެ. އަދި އެބައްޔަކީ ސެންސަރީ ނިއުރޯން ޑިސްއޯޑާ އެސްއެންޑީ) ކަމަށެވެ. އަލްކާ ބުނީ އެ ނާދިރު ބަލީގެ ޝިކާރައަކަށް އޭނަވިކަން އެނގުނީ އެ މީގެ ހަފުތާތަކެއް ދުވސް ކުރިން ދަތުރަކަށް ފަހު ފްލައިޓުން ފޭބި އިރު، އޭނަގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭކަން ފާހަގަކުރެވިގެން ޑޮކްޓަރަށް ދެއްކުމާ ގުޅިގެން ކަމަށެވެ.
އޭނަ ބުނީ އިވުމުގެ ހިއްސަށް މި ދިމާވި ކުއްލި މައްސަލައިގެ ސަބަބުން ފްރޮފެޝަނަލް ކެރިއަަށާއި ސިއްތަށް އަންނަ ކުރިއެރުންތަކުގެ ވާހަކަ ހިއްސާކުރަމުން ދާނެ ކަމަށެވެ.
އަދި އޭނާ ވަނީ މިފަދަ ބައްޔެއް ކުރިމަތިވެދާނެ ފަދަ އެންމެހާ ކަންތަކަށް ތަކުން ދުރުވެހުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވެއެވެ. އެތައް ފިލްމަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ 58 އަހަރުގެ ލަވަކިޔުންތެރިޔާ 90 އަހަރުތަކާއި 2000ގެ ކުރީކޮޅު ބޮލީވުޑްގެ ގިނަ އަންހެން ތަރިންނަށް ލަވަ ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރި އެކެވެ.