ހުސްވެފައިވާ މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރަނީ އެމްޑީޕީއާއި ޕީއެންސީން އެކަނި

ހުސްވެފައިވާ މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރަނީ އެމްޑީޕީއާއި ޕީއެންސީން އެކަނި

Author
ޙަސަން މުޙައްމަދު
20 ޖޫން 2024 12:10
0

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރަނީ، ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން 3 ދައިރާއަށްވެސް ކުރިމަތިލާފައިވަނީ ޕީއެންސީއާއި އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރަށްވަނީ ޕީއެންސީގެ ފާތިމަތު އިޝާން އަލީ އާއި އެމްޑީޕީގެ ހައްވާ ޝިފާނާއެވެ.

އޭގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ފާތިމަތު ޝައުފާ ސަލީމް އާއި އެމްޑީޕީގެ މުހައްމަދު އަލީ ޖިނާދު ވާދަކުރަށްވާއިރު ހުޅުމާލެ ދާއިރާއަށް ވާދަކުރަށްވަނީ ޕީއެންސީގެ އަލީ އައިމަން އާއި އެމްޑީޕީގެ އަހްމަދު ރަޝީދެވެ

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންސް އޮންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.