ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒު ނިޔާވެއްޖެ

ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒު ނިޔާވެއްޖެ

Author
ހުސައިން
13 ޖޫން 2024 12:37
0

ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބާހިޒު ޝަފީގު ނިޔާވެއްޖެ އެވެ.

ބާހިޒުއަކީ ވެރިކަންކުރާ ޕީއެންސީގެ ޒުވާނުންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ފަރާތެކެވެ. އޭނާ ނިޔާވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ބާހިޒުގެ ދެ ސާޖަރީއެއް ހޮސްޕިޓަލް ގައި ވަނީ ހަދާފައެވެ. އަދި އެއީ ގޮހުރުގެ ސާޖަރީ އެއްކަމަށްވެސް އެނގިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބާހިޒުގެ ސާޖަރީއަށް ފަހު ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ ނިޔާވީ ކުއްލި ގޮތަކަށް ހާލު ގޯސްވުމަށްފަހުއެވެ.

ނިޔާވުމުގެ ކުރިން އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.