ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފި

ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެމްޓީސީސީން މިރޭ ބުނީ އެ ކުންފުނީގެ ހާއްސަ އާންމު ޖަލްސާ 2024 ވަނީ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް މިއަދު ބާއްވާފައި ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެފައިވަނީ 47 ހިއްސާދާރުން ކަމަށާއި އެއީ 5,540,192 ހިއްސާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވަނ،ީ ހިއްސާރުންގެ ތާއިދާއެކު ފާސްކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން "ކުންފުނީގެ ގާނޫނު" ތަސްދީގުކުރި ފަހުން، އެމްޓީސީސީއަކީ އެ ގާނޫނާ އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުނި ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހާގޮތަށް ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން ފާސްކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ނިންމުމަކީ ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އަލުން ދިނުމަށް ޖަލްސާއެއް ބާއްވާނެކަން، ކުރީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޔާސަތުން ވިދާޅުވެފައި އޮތުމުން، ކުންފުނީގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން އެ ނިންމެވުމަށް އިހުތިރާމްކޮށް، ހިއްސާދާރުންނަށް ހިއްސާގެ ފައިދާއަށްވާ ފައިސާ ދިނުމުގެ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅި އައިޓަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *