ތްރިޕްތީ މުމްބާއީ އިން ގެއެއް ގަނެފި

ތްރިޕްތީ މުމްބާއީ އިން ގެއެއް ގަނެފި

Author
ފާތިމަތު ނާވީ
12 ޖޫން 2024 02:35
0

ކާމިޔާބު ފިލްމް "އެނިމަލް" އިން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ބޮލީވުޑްގެ ބަތަލާ ތްރިޕްތީ ދިމްރީ މުމްބާއީ އިން އާ ގެއެއް ގަނެފި އެވެ.

މިހާރު ވަރަށް ޑިމާންޑް ބޮޑު މި ބަތަލާ ގެއެއް ގަނެފައިވަނީ، ބޮލީވުޑްގެ ގިނަ ބަޔަކު ދިރިއުޅޭ މުމްބާއީގެ ބަންޑްރާ ސަރަހައްދުންނެވެ.  30 އަހަރުގެ ބަތަލާ ގަތް ގޭގެ އަގު 14 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް މީޑިއާއިން ބުނެފައިވެއެވެ. ތްރިޕްތީ ގަތް އަގުބޮޑު ގެ އަކީ އެ ގެ އާއި ގެ ހިމެނޭ ގޯއްޗާ އެކީ ޖުމްލަ 2،226 އަކަފޫޓްގެ ބިމެކެވެ.

މިހާރު ގިނަ ފިލްމުތަކުން ފުރުސަތުތައް އޮހެމުން އަންނަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމަކީ އަންނަ މަހުގެ 19 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ "ބޭޑް ނިއުސް" އިންނެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

މި އަހަރު ރިލީޒްވާން ހުރި ޓްރިޕްތީގެ އިތުރު ފިލްމުތަކުގެ ތެރޭގައި އައްލޫ އަރުޖުންގެ "ޕުޝްޕާ 2″ އާއި ރާޖްކުމާރު ރާއޯގެ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އާއި ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3″ ގެ އިތުރުން ދަރުމާގެ "ދަޅަކް 2″ ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.