އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

Author
އަހުމަދު
11 ޖޫން 2024 02:04
0

ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އީދަށް މޫސުން ލަފާކުރަ ގޮތަށް ބަލާއިރު އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. ވައި ޖެހޭނީ 15 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، ކަނޑުތައް އާދައިގެ ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވުނަސް، ދަތުރުނުކުރެވޭހާ ވަރަށް ގަދަ ނުވާނެ ކަމަށް މެޓުން ބުންޏެވެ.

މިފަހަރުގެ އަޟްހާ އީދު ބަންދުގެ ގޮތުގައި ނުވަ ދުވަސް ލިބޭނެއެވެ. އެއީ މި ހަފްތާ ބަންދުގައި ލިބޭ ދެ ދުވަހާއި އަންނަ ހަފްތާ ބަންދުގައި ހިމެނޭ ދެ ދުވަސް ހިމަނައިގެންނެވެ.

އަޟްހާ އީދާ ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އީދު ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ 23 ޖޫން ވާ އާދިއްތަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.