ތިލަފުށި ބިމެއްގައި ހުރި ތަކެތި ނަގަން އެޗްޑީސީން އަންގައިފި

ތިލަފުށި ބިމެއްގައި ހުރި ތަކެތި ނަގަން އެޗްޑީސީން އަންގައިފި

ގުޅުންހުރި

ކ. ތިލަފުށި ބިމެއްގައި ހުރި ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމިއްލަ ބިމެއް ކަމަށްވާ ލޮޓް ނަންބަރު:S5-15 (30200) އަކީ އެކޯޕަރޭޝަނުން އެހެން ފަރާތަކަަށް ކުއްޔަށް ދީފައިވާ ބިމަކަށްވާތީ، އެ ބިމުގެ ތެރޭގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގާ އެބިން ކުއްޔަށް ދީފައިވާ ފަރާތަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ވެރިފަރާތް ނޭނގޭ އުޅަނދެއް ލޮޓް ކުރިމަތީގައި އޮތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ލޮޓް ކުރިމަތީގައިވާ އުޅަނދުގެ ވެރިފަރާތެއްވާނަމަ، އެކުންފުނީގެ ކޯލްސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށްފަހު، މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އުޅަނދު ނެގުމަށް އެޗްޑީސީން އެދެއެވެ.

އެޗްޑީސީން ބުނީ، 15 ދުވަހުގެ މުއްދަތެއް ތެރޭގައި އުޅަނދު ނަގާފައި ނުވާނަމަ، ތިލަފުށީގެ ތެރެއަށް ގަވައިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ބަލާ އުޅަނދާ މެދު އެ ކުންފުންޏަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ