ސީ-ޕްލޭން އެކްސިޑެންޓް ހިނގީ ކަނދަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން: ސިވިލް އޭވިއޭޝަން

ސީ-ޕްލޭން އެކްސިޑެންޓް ހިނގީ ކަނދަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން: ސިވިލް އޭވިއޭޝަން

Author
ޙަސަން މުޙައްމަދު
10 ޖޫން 2024 07:27
0

ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި އިއްޔެ ހިނގި އެކްސިޑެންޓް ހިގަން މެދުވެރިވީ އެ ސީޕްލޭންގެ ކަނދަކަށް ގެއްލުން ވެގެންކަމުގައި ސިވިލް އޭވިއޭޝަން އޮތޯރެޓީއިން ބުނެފިއެވެ.

ބ. އަތޮޅުގައި ވެސްޓިން މޯލްޑިވްސް މިިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެ ހިނގި ހާދިސާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބ. މިިރިއަންދޫ ރިސޯޓު ކައިރިއަށް ޖައްސަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް އިއްޔެވަނީ އެކްސިޑެންޓު ވެފައެވެ،

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެ 3:30 ހާއިރުއެވެ. އަދި މިހާދިސާ ހިނގިއިރު ސީޕްލޭންގައި 11 ޕަސެންޖަރުންނާއި 3 ކުރޫން ތިއްބެވެ.

ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެއެވެ. އަދި ބޯޓުގައި ތިބި މީހުން ލޯންޗަކަށް އަރުވާ މަންޒަރު ވެސް ފެނެއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ކަނާތް ފަރާތު ކަނދަށް ގެއްލުންތަކެއް ލިބިގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.