ޔޫރޮޕާ ލީގު ސްކޮޑުންވެސް އޮޒިލަށް ފުރުސަތެއް ނުދިން

ޔޫރޮޕާ ލީގު ސްކޮޑުންވެސް އޮޒިލަށް ފުރުސަތެއް ނުދިން

Author
އިބްރާހީމް ސާޢިދު
09 އޮކްޓޯބަރ 2020 10:22
0

ޔުއެފާ ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން މެސުޓް އޮޒިލަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

އުމުރުން 31 އަހަރުގެ އޮޒިލް އާސެނަލުގެ އެއްބަސްވުމުގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މި ފަހަކަށް އައިސް އާސެނަލުން އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އެންމެ ފަހުން އޮޒިލް އާސެނަލަށް މެޗެއް ކުޅެފަވަނީ މީގެ ހަތް މަސް ކުރިންނެވެ.

ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި ސްކޮޑުން އޮޒިލަށް ފުރުސަތެއް ދީފައި ނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނުގައި ދެން އާސެނަލަށް މެޗެއް ކުޅެން ނުޖެހޭނެ ކަމަށް އޮޒިލް ގަބޫލުކުރެއެވެ.

އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅުނު 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.