މަޖިލިސް ކެމްޕޭންގައި ވައުދުވިގޮތަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކުޑޫގެ ކެމްޕޭންއިން ބާކީވި ފައިސާ ޓައިނީ ހާރޓްސްއަށް ހަދިޔާ ކޮށްފިއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުޑޫ ކުރެއްވީ އާންމުންނާއި ސަޕޯޓަރުންގެ އެހީގައި ކްރައުޑް ފަންޑިން ހޯއްދަވައިގެންނެވެ. އެ ފައިސާ އޮޑިޓްކޮށް ކެމްޕެއިނަށް ފަހު ބާކީ ހުރި ނަމަ ހަދިޔާކުރެއްވުމަކީ އޭނާގެ އިންތިޚާބީ ވައުދެކެވެ. އެގޮތުން އޭނާވަނީ ޓައިނީ ހާޓްސްއަށް 19888ރ ހަދިޔާ ކޮށްފައެވެ.
މިފައިސާ އޭނާ ޓައިނީ ހާޓްސްއަށް ހަދިޔާ ކޮށްފައިވަނީ ކެމްޕޭން ޚަރަދުތައް އޯޑިޓް ކުރުމަށްފަހުއެވެ.
As promised, our campaign funds have been audited by Crowe Maldives and the balance has now been donated to @TinyHeartsMV
Thank you for all your support! https://t.co/77o1gAXUQ5 pic.twitter.com/ceXKPxg7Xt
— محمد كودو (@mohamedkudu) June 9, 2024
ޓައިނީ ހާޓްސްއަކީ ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް، ހިލޭސާބަހަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ.
ކުޑޫ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ގިނަ ދުވަސްތަކެއް ވަންދެން އެގޮނޑި ފުރުއްވަމުން ގެންދެވި އީވާ ބަލިކުރެއްވުމަށްފަހުއެވެ.