"ބިގް ބޮސް އޯޓީޓީ" ގެ ތިން ވަނަ ސީޒަން މި މަހުގެ 21

"ބިގް ބޮސް އޯޓީޓީ" ގެ ތިން ވަނަ ސީޒަން މި މަހުގެ 21

Author
ފާތިމަތު ނާވީ
10 ޖޫން 2024 07:07
0

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބިސް އޯޓީޓީ" ގެ ތިން ވަނަ ސީޒަން މި މަހުގެ 21 ގައި ޕްރީމިއާކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

ޖިއޯސިނަމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން "ބިގްބޮސް އޯޓީޓޯ 3″ ޕްރޮމޯ ދައްކާލާފައިވާއިރު މި ޕްރޮމޯގައި އަނިލް ކަޕޫރު ހިނގާފައި އަންނަ ތަން ފެނިގެންދެ އެވެ. މި ސީޒަން ވެގެން ދާނީ ވަރަށް ތަފާތު ސީޒަން އަކަށެވެ.

"ބިގް ބޮސް އޯޓީޓީ 3″ ހޯސްޓްކުރުމުގެ ފުރުސަތު މި ފަހަރު އަނިލް އަށް ލިބުނީ ކުރީގެ ދެ ސީޒަން ހޯސްޓްކުރި ސަލްމާން ޚާން މި މަހުގެ ތެރޭގައި އާ ފިލްމު "ސިކަންދަރު" ޝޫޓިން އަށް ވަގުތު ހުސްކުރަން ޖެހުމާ ގުޅިގެން، ޝޯ އަށް ވަގުތު ދޭން ދަތިވުމާ ގުޅިގެންނެވެ.

އެކަމަކު އޭނައާ އެކީ އަހަރުގެ ފަހުކޮޅު "ބިގް ބޮސް" 18 ވަނަ ސީޒަން ކަލާސް ޓީވީން ގެނެސްދޭނެ އެވެ. ސަލްމާނަކީ "ބިގް ބޮސް" ގެ ރަސްމީ ހޯސްޓެވެ. އޭނަ މި ޝޯ ހޯސްޓްކުރާތާ ގިނަ އަހަރުތަކެއްވެފައިވެ އެވެ.

 

View this post on Instagram

 

A post shared by JioCinema (@officialjiocinema)

"ބިގް ބޮސް އޯޓީޓީ 3″ ވާނީ އަނިލް ހޯސްޓްކުރާ ފުރަތަމަ ރިއަލިޓީ ޝޯއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.