ޝޮނާލީގެ ފިލްމް އެއް ރާނީ އަށް

ޝޮނާލީގެ ފިލްމް އެއް ރާނީ އަށް

Author
ފާތިމަތު ނާވީ
09 ޖޫން 2024 07:30
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީއަށް ޑައިރެކްޓަރު ޝޮނާލީ ބޯސްގެ ފިލްމްއެއް ލިބިއްޖެއެވެ.

މީޑިއާތަކުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭން ކުރަމުން އަންނަ މި ފިލްމަކީ ފެމިލީ ޑްރާމާއެއް ކަމަށާއި ފިލްމު އުފައްދަނީ ޖަނގްލީ ޕިކްޗާސްއިިިން ކަމަށެވެ.

ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އިންނެވެ. މި ފިލްމް ގައި އޭނާ ދެއްކި އެކްޓިންގ އަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައިއެވެ.

 

ރާނީއާ އެކީ ޝޮނާލީ ހަދަން ނިންމާފައިވާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް އަންނަ އަހަރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.