އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،731 މީހުން ޝަހީދުވެ، 83،530 މީހުން ޒަޚަމްވެފައިވާ ކަމަށް އައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޢައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ޝަހީދުވި މީހުންގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 77 މީހުން ޝަހީދުވެ 221 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާފައިވާއިރު، ޣައްޒާގައި އަދިވެސް އެތައް ބަޔަކު ވަނީ ބަންދުކޮށްފައެވެ.
އިސްރާއީލުން ޣާއްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުންވެސް ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް ބައިނަލްއަގުވާމި ކޯޓުގެ އަމުރަށްވެސް އެގައުމުން ތަބާވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ