ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ބްރެޒިލް ކުޅޭ ފުރަތަމަ މެޗަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ނޭމާ އަށް އަނިޔާވެ ހާސްކަން އިތުރުވެއްޖެއެވެ.
ނޭމާއަށް އަނިޔާވެފަ ވަނީ މިރޭ ބޮލިވީޔާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވަމުން ދަނިކޮށެވެ. ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ނޭމާ ބައިވެރިވެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ކުރިޔަށް އޮތް މެޗާއެކު ކުޅުމަށް ބްރެޒިލްގެ ޓީޓޭ ވަނީ ފިލިމެންގޯގެ އެވަންޓަން ރިބެރިއޯ ތައްޔާރީ ހާލަތައް ގެނެސްފައެވެ.
ބްރެޒިލް ޓީމުގެ ޑޮކްޓަރާއި ހަވާލާދީ ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އޭނާ ކުޅުމާމެދު ޝައްކުކަމަށެވެ. ފިޓްނަސް މައްސަލެއްގެ ސަބަބުން މިރޭ މެޗުގައި ކެޕްޓަން ޑެނީއަލްވޭސް ނުކުޅެވޭއިރު އޭނާގެ ބަދަލުގައި ޓީމުގެ ކެޕްޓަންކަން ކުރާނީ ރެއާލްމެޑްރިޑުގެ ކަސަމޭރޯކަމަށް ޓީޓޭ ބުނިއެވެ.
މިރޭ މެޗުގެ ކެޕްޓަނަކީ ކަސަމޭރޯ، އޭނައަކީ އަހަރެމެންގެ ތެރޭގައި ހުރި ވަރުގަދަ ލީޑަރެއް. ބްރެޒިލްގެ ކޯޗު ބުންޏެވެ.
ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން މިރޭ މެޗުގައި ޓީމުގެ އެއްނަންބަރު ކީޕަރު އެލިސަންވެސް ނުކުޅެވޭނެއެވެ. މިރޭ ބޮލީވިޔާ ދެކޮޅަށް ކުޅުމަށްފަހު ބުދަ ދުވަހު ބްރެޒިލް ނުކުންނާނީ ރަށުންބޭރުގައި ޕެރޫއާ ދެކޮޅަށެވެ.