ސަރުކާރާއި ކުންފުނިތަކުން ކައުންސިލްތަކާއި މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓް ކަނޑައަޅަނީ

ސަރުކާރާއި ކުންފުނިތަކުން ކައުންސިލްތަކާއި މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓް ކަނޑައަޅަނީ

Author
ހުސައިން
07 ޖޫން 2024 11:36
0

ސަރުކާރާއި ކުންފުނިތަކުން ކައުންސިލްތަކާއި މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ މިއީ ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން އަވަހަށް ލިބޭނެ ގޮތަކަށް އަދި ގުޅުންތައް ހަރުދަނާ ކުރުމަށް ގާއިމްކުރެވޭ ނިޒާމެއް ކަމަށެވެ. މިކަމުން ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާއި ގުޅުން އިތުރަށް ބަދަހިވެ، ސަރުކާރާއި ކައުންސިލްތަކުގެ ދުވެލު ހަލުވި ވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަލަށް އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އިން ދަނީ ކައުންސިލްތައް ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަންތައްތައް ހާސިލު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނާނޭ ކަމަށް މިނިސްޓަރ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.