ހޯމް މިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ހިންނާ ޚާލިދު ހަމަޖައްސައިފި އެވެ.
ހިންނާ ޚާލިދު ޕީއެސްގެ މަގާމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިންނާ މީގެ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ތަރުޖަމާނުގެ މަގާމުގަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރެވުނު އަލްފާޟިލާ ހިންނާ ޚާލިދަށް މަޤާމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން@hinnal pic.twitter.com/ygKzstsjtY
— Ministry of Homeland Security & Technology, MV (@HomeMinistrymv) June 6, 2024
ހިންނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޑިޕްލޮމާ އިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލްކުރައްވާފައިވާފައި ވެއެވެ.