މަޖިލިސް ރައީސްގެ ބިއުރޯގެ އިސް މީހަކަށް ނިހާން ހަމަޖައްސައިފި

މަޖިލިސް ރައީސްގެ ބިއުރޯގެ އިސް މީހަކަށް ނިހާން ހަމަޖައްސައިފި

Author
ހުސައިން
06 ޖޫން 2024 04:02
0

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ބިއުރޯގެ އެންމެ އިސް މީހަކަށް، މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ހަމަޖައްސަވައިފިއެވެ.

މަޖިލިހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ނިހާން އެމަގާމަށް ހަމަޖައްސާފައިވަނީ މަޖިލިހުގެ މިހާރުގެ ރައީސް އަބުދުއްރަހީމް އަބުދުالله އެވެ. އަދި އޭނާ އެމަގަމާމަށް އައްޔަން ކޮށްފައިވަނީ ޕާލަމެންޓްރީ ސާވިސްގެ ގަވާއިދުގެދަށުން މަޖިލިސް ރައީސްގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައި ވެއެެވެ.

ނިހާންވަނީ 17 ވަނަ އަދި 18 ވަނަ މަޖިލިހުގެ މެމްބަރުންކަން ކުރައްވަ އެ ދެދައުރުވެސް ޕީޕީއެމްގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާފައެވެ. އަދި 18 ވަނަ މަޖިލިހުގައި އޭނާއަކީ މެޖޯރިޓީ ލީޑަރުވެސްމެއެވެ.

މަޖިލިސް ރައީސްގެ ބިއުރޯގެ އެންމެ އިސް ވެރިއަކަށް އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހްއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މަޖިލިސް ރައީސްކަމާއި މުހައްމަދު އަސްލަމް ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.