ބޮލީވުޑް އިން ފުރުސަތު ތަށް ހޯދުމަކީ ވަރަށް ވަރަށް އުދަގޫ ކަމެއް ކަމަށާއި އެހެންވެ ފިލްމު ކުޅެން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ރާޖްކުމާރް ރާއޯ ބުނެފި އެވެ.
ވަރަށް ކާމިޔާބު ފިލްމް ތަކެއް ކުޅެ އަދި ބެލުނަތެރިންނަށް އޭނާގެ އެކްޓީންގ ގެ ހުނަރު ދައްކައިލައިފައިވާ ރާޖްކުމާރު ބޮލީވުޑަށް ނިކުތީ 2010 ވަނަ އަހަރު ރާމް ގޯޕަލް ވަރްމާގެ ފިލްމު "ރާން"ގެ ތެރެއިންނެވެ.
ރާޖް އަކީ ވަރަށް ހުނަރުވެރި އަދި އެހާމެ މޮޅު އެކްޓަރެއް ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ހަމަ އެފަދައިން ބޮލީވޫޑް އިން ފުރުސަތު ހޯދުމަކީ ވަރަށް ވެސް ގިންޖެހުން ބޮޑުއަދި އުދަނގޫ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އެއްބަސް ވެއެވެ.
ރާޖް ބުނީ ދެ އަހަރު ވަންދެން އޭނާ ކޮންމެ ދުވަހަކު ވަޒިފާއެއް ހޯދަން ނުކުތް ކަމަށެވެ. ފަސޭހަ ކަމެއް ނޫން އެކަމަކު "ޕްލޭން ބީ" އެއް ނެތް ކަމަށާއި އެކަމަކު ވެސް އޭނާގެ ނަސީބަކީ މިއަދު ހުރި ހިސާބަށް އައުން ކަމަށް ބުނެފައިވެއެވެ.
މިހާރު ބޭނުންވާ ކަހަލަ ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބޭ ކަމަށްވެސް ރާޖްކުމާރް ބުންޏެވެ. އޭނާ އަކީ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. ރާޖްކުމާރްގެ އެންމެ ފަހުގެ ފިލްމު "މިސްޓާ އެންޑް މިސަސް މާހީ"ގައި ފެންނަނީ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދެމަފިރިންގެ ދިރިއުޅުމެވެ.